ދިވެހި ސަރުކާރުން އިންޑިޔާދެކެ ބިރުން އުޅޭކަށް ނުޖެހޭ: މާރިޔާ

04 Mar 2019 | 13:21

ދިވެހި ސަރުކާރުން އިންޑިޔާއަށް ބިރުން އުޅޭކަށް ނުޖެހޭކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އެކަމަނާ ދެއްވި އިންޓަރވިއުއެއްގައި އިންޑިޔާއިން ބޭނުންނަމަ ރާއްޖެ ހިިފިދާނެކަމަށް ބުނުމުން، އެކަމާއި ގުޅިގެން ސުވާލުކުރުމަށް މަޖިލީހަށް މިއަދު ހާޒިރުކުރެވުމާއި ގުޅިގެންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެއްގޮތަކަށް ވެސް ދިވެހި އަސްކަރިއްޔާއިން، ދިވެހި ރައްޔިތުން ނުވަތަ ދިވެހި ސަރުކާރުންވިޔަސް އިންޑިޔާއަށް ބިރުން އުޅޭކަށް ނުޖެހޭނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ އިންޓަވިއުގައި 22 މިނެޓުވަންދެން ވާހަކަ ދެއްކެވި ކަމަށާއި، އެހެން ނަމަވެސް ހިތްޕުޅާ ހަމަނުޖެހިވަޑައިގެން އުޅުއްވާ ބޭފުޅުން ފާހަގަކޮށްފައިވަނީ އެންމެ ފަސް ސިކުންތުގެ ވާހަކަކޮޅެއް ކަމަށެވެ. 

މާރިޔާ މިއަދު ވަނީ އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އެކަމާއި މެދު މައާފަށްވެސް އެދިވަޑައިގަންނަވާފައެވެ.


Advertisement

ކޮމެންޓް