ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ގޯލާއެކު ޔުވެންޓަސް މޮޅުވެއްޖެ

07 Oct 2018 | 06:20

އިޓަލީ ލީގުގައި ޔުވެންޓަސް އަދި އުދިނޭސީ ބައްދަލު ކުރި މެޗުން ޔުވެންޓަސް މޮޅުވެ ލީގުގައި ބަލި ނުވެ ހިފަހައްޓަމުން އަންނަ ރިކޯޑު އެޓީމުން ދަމަހައްޓައިފިއެވެ.

އުދިނޭސީގެ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް 3 ޕޮއިންޓް ކަށަވަރު ކޮށްފައިވަނީ 2-0 އެއްގެ ނަތީޖާ އަކުންނެވެ.

ޔުވެންޓަސްގެ ލަނޑުތައް ޖަހާދީފައިވަނީ ބޭޓަންކޫރް އަދި ރޮނާލްޑޯއެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ 8 މެޗު ކުޅެގެން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 1 ވަނައިގަ ހަމަޖެހިލާފައެވެ. ޔުވެންޓަސްއާއި އެންމެ ވާދަވެރި ނަޕޯލީ އޮތީ އެއް މެޗު މަދުން ކުޅެ 15 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައެވެ.  

Advertisement

ކޮމެންޓް