Advertisement

ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ބެހުމަށް އުރީދޫއިން ނިންމައިފި

04 Mar 2019 | 19:16

އުރީދޫ މޯލްޑިވްސް ޕލކ އިން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

މި އޭޖީއެމްގައި ޖުމްލަ 157 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 48 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 109 ހިއްސާދާރުންވަނީ ދަރުބާރުގެއަށް ހާޒިރުވެ އޭޖީއެމްގައި ބައިވެރިވެފައެވެ.

އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 134،358،103 (ސަތޭކަ ތިރީސް ހަތަރު މިލިއަން، ތިންސަތޭކަ ފަންސާސް އަށް ހާސް ސަތޭކަ ތިން) ހިއްސާކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

ރޭ ބޭއްވުނު މި ޖަލްސާ އެޖެންޑާ ކުރެވިފައިވާ ގޮތުގެ މަތިން، ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުމުގެ އިތުރުން، 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާ (ޑިވިޑެންޑް)ގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ހިއްސާދާރުންނަށް ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އުރީދޫއިންވަނީ ހިއްސާދާރުންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރުދަންނަވައި، އަބަދުވެސް މަސައްކަތް ކުރާނީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށްކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް އަރުވާފައެވެ. 

Advertisement

ކޮމެންޓް

Advertisement