Advertisement

ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ

08 Dec 2023 | 14:26
އެމްއެންޑީއެފުން އެހީތެރިވެދިން ބޯޓު : ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން އައްޑޫ ސިޓީއާ ދޭތެރޭ ދަތުރުކުރަމުންދިޔަ ދޯންޏެއް ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ނުވަ ފަޅުވެރިންނާއެކު މާލެއިން ފުރައިގެން ސ.ހިތަދޫއަށް ދަތުރުކުރަމުން ދިޔަ “އާގަލާ ކުއީން” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ލ.އިސްދޫ ކައިރިން ސްޓިއަރިންގ ފެއިލްވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. 

އެހެންކަމުން "އާގަލާ ކުއީން" އަށް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ރީދޫ ސަމާލުވެސް ނެރެފައިވާއިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް