ޓްރީ ޓޮޕްއަށް 1 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިލޭ ޑޮކްޓަރަށް ދައްކާލެވޭ ކޭމްޕެއް ބާއްވަނީ

04 Mar 2019 | 20:20

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ''ވެސްނެލް ކޭމްޕް''ގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ. އެގޮތުން މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 މާރިޗް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.

މި ވެލްނެސް ކޭމްޕްގައި ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހިލޭ ހުޅުވާލެވޭނެ ކަމަށައި އޭގެތެރޭގައި ކަށީގެ، އަންހެނުންގެ، ޖެނެރަލް ސަރޖަރީގެ، އެތެރެ ހަށީގެ، ކަރުންމަތީގެ، ކުޑަކުދިންގެ، ހަމުގެ، ކިޑްނީގެ، ކުޑަކަމުދާ ނިޒާމުގެ އަދި ޕްލާސްޓިކް ސަރޖަރީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ފޮލޯއަޕް ކޮންސަލްޓޭޝަނެއް ބޭނުންވެއްޖެނަމަ 9 މާރިޗުން ފެށިގެން 2 ހަފްތާ ތެރޭގައި ފޮލޯއަޕް ކޮންސަލްޓޭޝަން ހިލޭ ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ކަނޑައެޅިފައިވާ ލެބޯޓަރީ އަދި ރޭޑިއޮލޮޖީ ޓެސްޓްތަކަށް 10 އިންސަތައިގެ ޑިސްކައުންޓް ލިބޭ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ވަރަށް ހާއްސަ އަގުތަކެއްގައި ''ވެލްނެސް ޓުގެދާ'' ނަމުގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޕެކޭޖްތަކެއް މި ހިނގާ މާރިޗު މަހުގެ ނިޔަލަށް ފޯރުކޮށްދިނުމަށް ރޭވިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ޕެކޭޖް މެދުވެރިކޮށް މެޑިކަލް ޗެކްއަޕް، ޕިޒިކަލް އެގްޒެމިނޭޝަން އަދި ލެބޯޓަރީ ހިދުމަތް ހިމެނެއެވެ.

40 އަހަރުން ދަށުގެ ބޭފުޅުންނަށް މި ޕެކޭޖް 1،000 ރުފިޔާއަށް ލިބޭއިރު 40 އަހަރުން މަތީގެ ބޭފުޅުންނަށް މި ޕެކޭޖް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،500 ރުފިޔާއަށެވެ.

1 މާރިޗް 2018 ގައި ހުޅުވުނު ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖެއިން ބޭރަށް ދިގު ދަތުރުނުކޮށް ތަޖުރިބާކާރު ޑޮކްޓަރުންގެ ހިދުމަތް ޒަމާނީ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް ހުޅުވުނު ހޮސްޕިޓަލެކެވެ.

Advertisement

ކޮމެންޓް