Advertisement

އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

05 Mar 2019 | 06:21

ޖަރުމަނު ވިލާތުގެ ބާލިންގައި މާރިޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުރާވަޑައިގެންފިއެވެ.

އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު އެ ފެއާގައި ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ (އެމްއެމްޕީއާރްސީ) ދައުވަތަކަށެވެ.

މިފަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ނައިބު ރައީސް ފައިސަލެވެ.

އެމްއެމްޕީއާރްސީ އިން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ ފެއާގައި ރާއްޖެ އިން ބޭނުންކުރާ ތީމަކީ ޢީދު ކުޅިވަރެވެ.

އައިޓީބީ ފެއާ އަކީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެއްތަނަކަށް ޖަމާވެ ހިންގާ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އައިޓީބީ ފެއާގައި 2 ލައްކަ އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

އަންނަ އައިޓީބީ ފެއާއަށް ދެ ލައްކައެއްހާ މީހުން ޒިޔާރަތް ކުރާއިރު އައި.ޓީ.ބީ ބާލިންގ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާރކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

Advertisement

ކޮމެންޓް