ފްލެޓްތަކުގެ ކޮޓަރީގެ އަދަދު އިތުރުކުރުމުން ފްލެޓްތައް މަދުވެއްޖެ

05 Mar 2019 | 11:55

ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން އަޅަން ނިންމި ފްލެޓްތަކުގެ ކޮޓަރީގެ އަދަދު ގިނަކުރުމުގެ ސަބަބުން، އަަޅާ ފްލެޓްގެ މިންވަރު ދަށްވެއްޖެއެވެ.

މިކަން ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ ޝުކޫރު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހާމަކުރައްވާފައެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ ފްލެޓްތަކުގެ ސްޓްރަކްޗާ ދެ ކޮޓަރިން ތިން ކޮޓެރިއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތަށް ހެދުމުން ފުލެޓުތަކުގެ އަދަދު 3588 އަށް ބަދަލުވެގެން ދާނެކަމަށެވެ. ހިޔާާ މަޝްރޫއުގެ ދަށުން މީގެ ކުރިން އަޅަން ހަމަޖެހިފައި އޮތީ 7000 ފްލެޓެވެ.

މިގޮތަށް އަމަލުކުރުމަށް ނިންމީ އެ ފްލެޓްތަކުގެ ޖާގަ ކުޑަވުމުން ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ މި ގެނައި ބަދަލާއެކު ފްލެޓުތަކުގެ އަދަދު މަދުވި ކަމުގައި ވީ ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ލިބޭނެ ކަމަށް ހޮވިފައިވާ ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި، ސަރުކާރުން އިތުރު ފްލެޓު އިމާރާތްކޮށް އެ ފަރާތްތަކަށް ހައްގުވާ ފްލެޓުތައް އެ ފަރާތްތަކަށް ދޭނެކަމަށެވެ.

Advertisement

ކޮމެންޓް