Advertisement

ރޭޭ މަރަދޫން ވަޅި ޖެހި ޒުވާނާ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގަ!

07 Oct 2018 | 11:06

މަރަދޫގައި ރޭ 11:00 ހާއިރު ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)ގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. 

އީވާންގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ލިބިފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރވަނީ އިރުޝާދު ދެއްވާފައެވެފައެެވެ. 

އަދި އާސަންދަ އެހީގައި އީވާން މާލެ ފުރުވާލުމުގެ މަސައްކަށް ކުރެވެމުން އަންނަކަމަސް ހަބަރުލިބެއެވެ. ނަމަވެސް މާލެގެންދެވޭނީ ހަވީރު 16:00 ގެ ފްލައިޓުން ކަމަށްވެއެވެ.

މިކަމާއި ގުޅޭ ގޮތުން އީވާންއަށް މިވަގުތު ފަރުވާދެމުންއަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރަސްމީ ޖަވާބެއް ލިބިފައި ނުވެއެވެ.

ރޭގެ މާރާމާރީގައި އިތުރު ޒުވާނަކުވެސް ވަނީ ޒަހަމްވެފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މާރާމާރީ އާއި ގުޅިގެން ބަޔަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ސާފުކޮށްދީފައި ނުވެއެވެ.

Advertisement

ކޮމެންޓް