Advertisement

އެޖެންޑާ 19ގެ އެންމެ ބޮޑު މަގުސަދަކީ ކަރަންޓް އަގުހެޔޮ ކުރުން - ނަޝީދު

06 Mar 2019 | 11:03

އެޖެންޑާ 19ގެ އެންމެ ބޮޑު މަގުސަދަކީ ކަރަންޓް ޔުނިޓެއްގެ އަގު 2.5 ރުފިޔާއަށް ހެދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި މިއަދު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ19ގެ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެޖެންޑާ ނަވާރައިން ރައްޔިތުންނަށް ވާނޭ ފައިދާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން އަންނާނީ ކަރަންޓްގެ އަގަށް އަންނަ ބަދަލުކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ކަރަންޓް ޔުނިޓެއްގެ އަގު ދެރުފިޔާ ފަންސާސް ލާރިއަށް ކުޑަކުރުމަކީ އެޖެންޑާ ނަވާރައިގެ އަމާޒެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 100 ޔުނިޓާއި އެއަށްވުރެ މަތިން ޔުނިޓް އެރިނަމަވެސް ހުރިހާ ތަނަކުންވެސް ކަރަންޓްގެ އަގުކުރާނީ އެއްވަރަކަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކަރަންޓްގެ އަގުކުޑަކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހަދާފައިވާ ސްލޯގަން އެޖެންޑާ އަށާރައިގެ ދަށުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެޕާޓީން އަންނަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް