ސިޔާސީ ދާއިރާއަށް ނުވަންނާނަން: ކަންގްނާ

06 Mar 2019 | 10:55

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަންގްނާ ރަނައުޓް އޭނާގެ އެންމެ ފަހުގެ ފިލްމު " މަނިކަރުނިކާ"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިންގެ ބައެއް ސުވާލުތަކަށް އޭނާ ވަނީ ޖަވާބު ދީފައެވެ. އެގޮތުން އޭނާ ވަނީ ޕާކިސްތާނުން ހައްޔަރުކުރި އިންޑިއަން އެއާ ފޯސްގެ ވިންގް ކޮމާންޑަރ ރައްކާތެރިކަމާއިކު އިންޑިއާއަށް ޕާކިސްތާނުން އިންޑިއާއަށް ފޮނުވާފައިވާތީ އެކަމާއި ގުޅޭ ގޮތުން އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ.

މީގެ އިތުރުން އޭނާ ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ވާހަކަޔާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ސިޔާސީ ދާއިރާއަށް ވަންނަން އޭނާ އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށެވެ. އަދި އޭނަ ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި ސީޔާސީ ދާއިރާ އާއި ބެހޭގޮތުން އޭނާ އަށް އެއްވެސް އެއްޗެއް ނޭނގޭކަމަށާއި، ނަމަވެސް އޭނާ އަކީ ނުފޫޒުގަދަ މީހަކަށް ވެވިދާނެ ކަމަށް ކަންގްނާ ވަނީ ބުނެފައެވެ.

އަދި ސިޔާސީ ދާއިރާއަށް ޝައުގުވެރި ނުވެ، ފިލްމީ ދާއިރާގައި ހަރަކާތްތެރި ވެވޭތީ އުފާވާކަމަށްވެސް ކަންގްނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް