ރައީސް ޔާމީނުގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

06 Mar 2019 | 06:34

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލު ރަނގަޅު ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެނައީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ގެނެސް ހިތުގެ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ ދެއްވީ 24 ގަޑިއިރަށް އެޑްމިޓް ކުރެއްވުމަށެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލާއި ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެއްވެސް މައްސަލަައެއް ނުދައްކާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީން މިވަގުތު އެޑްމިޓް ކޮށްފައި ވަނީ ޑޮކްޓަރު އިތުރަށް އޮބްޒާވް ކުރަން ބޭނުންވެގެން ކަމަށެވެ.

މިއީ ޖަލުގައި ބަންދު ކުރެވުނު ފަހުން ރައީސް ޔާމީން ހިތުގެ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެނައި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް ހިތުގެ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވާއިރު އެފަހަރު ވެސް އެމަނިކުފާ 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް