Advertisement

ވިކްޓަރީގެ ޗެއާމަން އާއި ވައިސް ޗެއާމަން އިސްތިއުފާ ދެއްވައިފި

07 Oct 2018 | 13:03

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން، ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އަޢިޝަތު ތައުމީނާ، ވަނީ އެ ދެބޭފުޅުން ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދެއްވިކަން ޔަގީންކޮށް ދެއްވާފައެވެ. މާރޗް މަހުގައި ވިކްޓަރީ އިން ބޭއްވި އިންތިހާބުން އިންތިހާބްވެވަޑައިގަތުމަށް ފަހު މުހައްމަދު އިސްމާއީލް އޭރު ވިދާޅުވީ ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ އަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވިކްޓަރީގެ ސަޕޯޓަރުންގެ ބައިވެރިވުން ހޯދައިގެން، ކުޅުންތެރިންނާއި މެނޭޖުމެންޓުން އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިކްޓާރީ ހޯދާފައިވާ ތަށިތަކުގެ ތެރެއަށް އިތުރު ތަށިތައް ހޯދުމަށް." މާޗް 31 ގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވެ އެވެ.

"މި ކުލަބަކީ ހިދުމަތްތެރި ކުލަބެއް މި ދިވެހިރާއްޖޭގެ ތާރީހުގައި، ކުޅިވަރުގެ ތާރީހްގައި، އެހެންވީމަ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މަސައްކަތް ކޮށްގެން، މި ކުލަބަކީ ކާމިޔާބު ހޯދާނެ ކުލަބަކަށް ހަދާނަން، އަޅުގަނޑުމެން މި އައީ މި ކުލަބަށް ހިދުމަތެއް ކުރަން." އިންތިހާބަށް ފަހު ވިކްޓަރީގެ ވައިސް ޗެއާމަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެފައިވެ އެވެ.

މާރޗް މަހު އިންތިހާބަށްފަހު ކްލބަ ހަަމަގަށް ގެނައުމަށް އިސްތިއުފާދެއްވި ދެބޭފުޅުންވެސްް ވައުދު ވެފައި ވީނަމަވެސް މިއަދާ ހަމައަށްވެސް މާލީ ގޮތުންނާ އެހެނިހެން ގޮތުންވެސް ކުލަބް ވަނީހަމަމަގަށްނޭޅިއެވެ. އެގޮތުން ކުޅުންތެރިންނަށް މުސާރަ ނުދޭތާ ހަތރު މަސްވެފައިވާ ކަމަށްވެއެވެ. ހަމައހެންމެ މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ހާޒިރެއް ނުވެ އެވެ. އެމެޗުޓީމުގެ މެނޭޖަރާއި ކުޅުންތެރިން ކުޅެން ތައްޔާރަށް ތިބިނަމަވެސް، ޗެއާމަން އާއި ވައިސް ޗެއާމަންގެ އެއްބާރުލުމެއް ލިބިފައިނުވާކަމަށްވެއެވެ. ކުލަބުގެ ފަރާތުން ވަނީ މިމައްސަލަ އެފްއޭއެމްއަށް ހުށައަޅާފައެވެ އެވެ.

ޖުލައި މަހު ލީގް މެދު ކަނޑާލިފަހުން ވިކްޓަރީގެ ޓީމު ޕްރެކްޓިސް ކޮށްފަ އެއް ނުވެ އެވެ. މުސާރަ ނުދޭތީ، ވިކްޓަރީގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ. ވިކްޓްރީގެ ބޯޑުމެންބަރުން ވިދާޅުވީ މިއަދު ހަވީރު ޕްރެކްޓިސް ކޮށްގެން މާދަމާ ނިއުއާ ދެކޮޅަށް ނުކުންނާނެކަމަށެވެ.

މިވަގުތު ކުލަބު ހިންގުމުގެ ކަންކަމުގައި އިސްކޮށް ހުންނެވީ، އަނެއް ނައިބު ރައީސް އިބްރާހިމް ނަޒީމު އެވެ. ނަޒީމު އަކީ މުހައްމަދު އިސްމާއީލް އާއި އަލީ އާރިފު އިންތިހާބްވެ ވަޑައިގަތުމުގެ ކުރިން ވިކްޓްރީގެ ޗެއާމަންކަން ކުރެއްވިބޭފުޅެކެވެ. އަދި މިއީ ކްލަބް ދޫކޮށްފައިދާން ވީ ވަގުތު ނޫންކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނުވިއޭ ކިޔާފައި އިސްތިއުފާ ދީފައި ދާން ބޭނުންނުވާތީ މިހިރީ. ޗެއާމަނާއި އަނެއް ވައިސް ޗެއާމަންގެ އިސްތިއުފާއާ އެކު އަޅުގަނޑާ ޓީމު ހަވާލުވެފައި މިއޮތީ،" ނަޒީމް ބުންޏެވެ

Advertisement

ކޮމެންޓް

Advertisement