އިދާރާތަކުން މައުލޫމާތު ނުދީގެން ގުދަންތައްވެސް ހާވަންޖެހުނު: އޭސީސީ

06 Mar 2019 | 22:08

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގަށް ބައެއް އިދާރާތަކުން މައުލޫމާތު ނުދީގެން އެތަންތަނުގެ ގުދަންތައްވެސް ހާވަންޖެހުނުކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ އެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން ދެއްކި ވާހަކަތަކުގައެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދިނުމުގައި ވެސް ބައެއް ފަހަރު ޖެހިލުންވުމާއި އެ މައުލޫމާތަކީ ނެތް މައުލޫމާތުތަކެއް ކަމުގައި ހަދަން މަސައްކަތް ކުރިކަމަށެވެ. އެކަމުގެ ސަބަބުން އޭސީސީގެ އިވެސްޓިގޭޓަރުން އަމިއްލަޔަށް އެ އިދާރާތަކުގެ ގުދަންތައް ހާވައިގެން ލިޔުންތައް ހޯދަންޖެހުނުކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އިދާރާތަކުގެ އިތުރުން ބޭންކްތަކުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހެދިކަން މުއައްވިޒް ފާހަގަކުރެއްވިއެވެ.

ނަމަވެސް ފަހުން އެމްއެމްއޭއާ އެކު ބޭއްވުނު މަޝްވަރާތަކާއި ބައްދަލުވުންތަކުގެ އަލީގައި ވަކި ހިސާބަކުން ހުރިހާ ބޭންކެއްގެ އެއްބާރުލުން ލިބެމުން ދިޔަކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement