Advertisement

ނަޗްބަލިއޭގައި ބައިވެރި ނުވަން: ހީނާ ޚާން

09 Mar 2019 | 10:39

ކަސޯޓީ ޒިންދަގީކޭގައި ކޮމަލިކާގެ ރޯލުން ފެނިގެންދާ ހީނާ ޚާން ނަޗްބަލިޔޭގެ ނުވަވަނަ ސީޒަންގައި ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހީނާ އޭނާގެ ލޯބިވެރިޔާއެކު ނަޗްބަލިޔޭ ނުވަވަނަ ސީޒަންގައި ބައިވެރިވާން އުޅޭކަމަށް ވަނީ އަޑުފެރިފައެވެ. އެވާހަކަތަކާއި ގުޅޭގޮތުން ހީނާ ބުނެފައިވަނީ ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީކޭގެ މަސައްކަތުގައި އޭނާ އުޅެނީ ވަރަށް ބުރަކޮށް ކަމަށެވެ. އަދި ފިލްމުތަކުގެ ޝެޑިއުލްތައް ވެސް އުޅެނީ ވަރަށް ފުލްކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ހީނާ ޚާން ބުނެފައިވަނީ އޭނާ ފިލްމުތަކުގެ މަސައްކަތް ކުރުމަށް ކަސޯޓީ ޒިންދަގީކޭއިން ބްރޭކެއް ނަގާނެކަމަށެވެ. އެގޮތުން އޭނާ ނަގަނީ ހަތްމަހުގެ ބްރޭކެއް ކަމަށްވެސް ހީނާ ބުނެފައިވެއެވެ.

އަދި ނަޗްބަލިއޭ ފަދަ ޝޯއަކަށް އެއްވެސް ވަރަކަށް ވަގުތު ދެވެން ނެތްކަމަށް ހީނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް