ފިރިހެނަކު 62 އަހަރު ވަންދެން އަނބިމީހާއަށް ދޮގުހަދައިފި

07 Mar 2019 | 11:51

އެމެރިކާގައި ފިރިހެނަކު އޭނާގެ އަންހެނުންނަށް 62 އަހަރު ވަންދެން ދޮގުހަަދައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި ފިރިހެންމީހާ ވަނީ 62 އަހަރު ވަންދެން އެމީހާ އަކީ ބީރު އަދި ވާހަކަ ނުދެއްކޭ މީހެއްގެ ގޮތުގައި އެކްޓްކޮށްފައެވެ.

މި މީހާ 62 އަހަރު ވަންދެން ދޮގުހެދިކަން އެނގުމުން، އަންހެންމީހާ ވަނީ އޭނާގެ ކައިރިން ވަރިވުމަށް އެދިފައެވެ. ވަރިވުމަށް އެދުނު އިރު އެ ދެމީހުންނަށް ހަ ދަރިންނާއި 13މާމަ ކާފަ ދަރިން ވަނީ ލިިބިފައެވެ. އެ ހުރިހާ ފަރާތްތައްވެސް ހީކުރީ އެ ފިރިހެންމީހާ އަކީ ވާހަކަ ނުދެއްކޭ ބީރުމީހެއް ކަމަށެވެ.

މި ހުރިހާ ދުވަހަކު އެ ހުރިހާ ފަރާތްތަކުން އެ ފިރިހެންމީހާ އާއި ވާހަކަދެއްކީ ސައިން ލެންގުއޭޖް މެދުވެެރިކޮށެވެ.

މި ދެމީހުންގެ ވަރީގެ ޝަރީއަތުގައިި ފިރިހެންމީހާގެ ވަކީލު ބުނީ ދެމީހުންގެ ކައިވެނި 62 އަހަރު ވަންދެން ދެމިއޮތީވެސް އެ ފިރިހެންމީހާ ވާހަކަ ނުދެއްކުމުގެ ސަބަބުންކަމަށާއި، އޭނާގެ އަންހެނުންނަކީ ވަަރަށް ވާހަކަގިނަ ފަރާތެއްކަމަށެވެ.

އެ އަންހެންމީހާއަށް އޭނާގެ ފިރިމީހާ ވާހަކަ ނުދެއްކޭކަމަށް ބުނެ ދޮގުހެދިކަން ފަޅާއެރީ، އެ ފިރިހެންމީހާ ކަރޯކޭ ލަވަކިޔާ ވީޑިޔޯއެއް، ޔޫޓިއުބްއިން ފެނިގެންނެވެ.

Advertisement

ކޮމެންޓް

Advertisement