އައިޓީބީ ބަރލިންގައި ރާއްޖޭގެ ރީތިކަން، ވީއާރް މެދުވެެރިކޮށް

07 Mar 2019 | 10:37

ޖަރުމަނުވިލާތުގެ ބަރލިންގައި މިހާރު ފެށިގެން ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބޮޑުއެއް ބައިނަލްއަގްވާމީ ފެއަރކަމުގައިވާ އައިޓީީބީ ބަރލިންގެ ރާއްޖޭގެ ސްޓޭންޑުން، ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ވީއާރް މެދުވެރިކޮށް ބެލޭނެގޮތް ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރްސީން މައުލޫމާތު ދޭގޮތުގައި މިމަހުގެ 10ގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި، ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައެވެ. އަދި ހަމަ އެހެންމެ، ބޮޑުމަހުގެ ހަރަކާތްތަކާއެކު ސަގާފީ ނެށުންތައް ބޮޑުބެރުގެ ހަރަކާތްތަކާއެކު އެ ސްޓޭންޑުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ތަފާތު ލުއި ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ސްޓޭންޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ. 

މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ 405 އަކަ ކިލޯމީޓަރުގެ ދެ ފްލޯގެ ސްޓޭންޑެއްގައެވެ. 

މިދިޔަ އަހަރު ޖަރުމަނުން 532،117 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް