Advertisement

ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލައިފި

07 Mar 2019 | 11:47

އައިޖީއެމްއެޗްގައި އެނދުމަތި ކުރެވިފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި ޑޮކްޓަރުންގެ އެންގުމުގެ މަތިން މިއަދު ހެނދުނު ރައީސް ޔާމީން ވަނީ ޑިސްޗާޖް ކުރެވިފައެވެ.

ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދެވިފައިވަނީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ އައިޖީއެމްއެޗްގެ ހިތުގެ ބައްޔާއި ބެހޭ ސެންޓަރގައި ފަރުވާ ހޯއްދަވާފައެވެ.

Advertisement

ކޮމެންޓް