Advertisement

ިމި ގައުމު ގައުމަކަށް ހަދައިދިނީ އަންހެނުން: ރައީސް ސޯލިހު

09 Mar 2019 | 02:37

ދިވެހި ގައުމު ގައުމަކަށް ހަދައިދިނީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ.މާފުށީގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤައުމު، ޤައުމަކަށް ހަދައިދިން މީހުންގެ މަތިން ހަނދާން ހުރީ، ކިތައް މީހުންތޯ ސުވާލު އުފައްދަވައި، އެއީ އަންހެނުންކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މި ދަންނަވަނީ މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ ދިވެހި އަންހެނުންގެ ވާހަކަ"، ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތް ހިންގައި ބެލެހެއްޓުމުގައި، އަންހެނުންގެ ދައުރު ފުޅާކުރަންވެއްޖެކަމަށާއި ޤައުމުގެ ތަރައްޤީއަށް އިތުރު ދިރުމެއް ލިބޭނީ އޭރުންކަމަށެވެ.

"ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ ބުނާ އަޑު މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުމެއް ނޫން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެކަން ދިވެހި އަންހެން ކަނބަލުން ސާބިތުކޮށްދީފައިވާކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޤައުމު އޮތް ޙާލަތުން އެއަށް ވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ އަންހެނުން ބާރުވެރިކޮށްގެންކަމަށާއި އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަމަށެވެ.

Advertisement

ކޮމެންޓް