ޔޫރޯޕާ ލީގް ހޯދުމަށް އާސެނަލް ކުރާ އުންމީދު ފަނޑުވިއިރު ޗެލްސީ މޮޅުވެއްޖެ

08 Mar 2019 | 06:03

ޔުއޭފާ ޔޫރޯޕާ ލީގުގައި އާސެނަލްއިން ފްރާންސްގެ ރެނީސްއައި ދެކޮޅަށް ކުޅުނު މެޗުން 3-1 ކުން ބަލިވެ މުބާރާތް ކާމިޔާބު ކުރުމަށް ކުރާ އުންމީދުތައް ފަނޑުވެއްޖެއެވެ.

މެޗް ފަށައިގެން މާގިނައިރުތަކެއް ނުވެ އިވޯބީވަނީ އާސެނަލްއަށް ކުރި ހޯދަ ދީފައެވެ. އާސެނަލްއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައިވަނިކޮށް އެޓީމުގެ ޑިފެންޑަރު ޕަޕަސަތޯޕޯލަސްއަށް ދެ ރީނދޫ ކާޑު ހަމަވެ ދެއްކި ރަތް ކާޑައި ގުޅިގެންކަން ފާހަގަކޮށްލަވެއެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-1 ކުން އެއްވަރުވެގެން ނިމުނުއިރު ރެނީސްވަނީ އާސެނަލް ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔުމުގެ ފައިދާ ނަގާ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމް އުފެއްދި ހަމަލާއެއްގައި އާސެނަލްގެ ޑިފެންޑަރ މޮންރެއާލް އަތުން ބައިކޮޅަށް ވައިން އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ރެނީސްވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ނަތީޖާ 3-1 ކަށް ހަދާފައެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އެމެރީ ބުނީ ރަތް ކާޑުގެ އަސަރު މެޗަށް ވަރަށް ބޮޑަށް ކުރި ކަމަށައި އެހެންނަމަވެސް ކުޅުންތެރިޔަކު މަދުކޮށް އޭނާގެ ޓީމް ކުޅެން ދަސްކުރަން ޖެހޭ ކަމުގައެވެ.

މި ދެޓީމް ބައްދަލު ކުރާ ދެވަނަ ލެގުގެ މެޗް އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ 14 މާރިޗްގައެވެ.

މި މުބާރާތުގައި ޗެލްސީ ކުޅުނު މެޗް އެޓީމް ވަނީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ޑައިނަމޯ ކިއޭވްއައި ދެކޮޅަށް ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ފެނުނު ގޯލްތައް ޖަހައިދިނީ ޕެޑްރޯ، ވިލިއަން، އަދި ހަޑްސަންއެވެ. 

ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ނަޕޯލީވަނީ ސާލްޒްބާގެ މައްޗަށް 3-0 ކުން ކުރި ހޯދާފައެވެ. ފްރޭންކްފާޓް އަދި އިންޓަ މިލާން ބައްދަލު ކުރި މެޗް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު ސެވިއްޔާ އަދި ސަލާވިއާ ޕްރާގްގެ މެޗް ނިމުނީ 2-2 ކުން އެއްވަރު ވެގެންނެވެ.

Advertisement

ކޮމެންޓް

Advertisement