Advertisement

"ކޫލީ ނަމްބަރު ވަން"ގެ ރިމޭކްގައި ވަރުން ދަވަން

09 Mar 2019 | 10:33

މަޝްހޫރު ތަރިން ކަމަށްވާ ގޯވިންދާ އަދި ކަރިޝްމާ ކަޕޫރު އެކުގައި ފެނިގެންދިޔަ މަޝްހޫރު ފިލްމު " ކޫލީ ނަމްބަރ1" ގައި ލީޑްރޯލުން ފެނިގެންދަނީ ވަރުން ދަވަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޫލީ ނަމްބަރު ވަން އަކީ ވަރުން ދަވަންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އެފިލްމުގެ ރިމޭކް ހެދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ އިރު އެފިލްމުގައި ލީޑްރޯލުން ފެނިގެންދާނީ ވަރުން އެވެ. އަދި ވަރުން އާއެކު ފެނިގެދާނެ އަންހެން"

ތަރިއަކާއި ގުޅިގެން ވަރުން އާއި ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެފިލްމުން ފެނިގެންދާނީ އާލިއާ ތޯ ނުވަތަ ސާރާ ތޯ ސުވާލުކުރުމުން ވަރުން ބުނެފައިވަނީ އާލިއާ އެކުގައި އެހާ އަވަހަށް ދެން ފިލްމެއް ނުކުޅޭނެ ކަމަށެވެ. އަދި އޭނާއާއި އާލިއާ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ސާރާ އާއި ބެހޭ ގޮތުން އޭނާ ޖަވާބެއް ދީފައި ނުވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

އަދި އެފިލްމު ކުޅެން ސާރާ ސޮއިކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތަކުގައިވެއެވެ.

Advertisement

ކޮމެންޓް