Advertisement

ފެލައިނީ ބެލްޖިއަމް ޓީމަށް ކުޅުން ހުއްޓާލައިފި

09 Mar 2019 | 09:22

ކުރީގެ އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މަރުއާނޭ ފެލައިނީ އޭނާ ނިސްބަތްވާ ގައުމު ކަމަށްވާ ބެލްޖިއަމްއަށް ކުޅުން ހުއްޓާލައިފި ކަމުގައި އިއުލާނު ކޮށްފިއެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް 87 މެޗް ކުޅެދީފައިވާ ފެލައިނީވަނީ ދެ ވޯލްޑް ކަޕްގައި ކުޅެ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕްގައި ބެލްޖިއަމްއަށް މުބާރާތުގެ ތިންވަނަ ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

މި ނިންމުން އާންމު ކުރަމުން ފެލައިނީ ބުނީ ބެލްޖިއަމްގެ ޓީމާއެކު ހަނދާނުން ފިލުވާލަން އުނދަގޫ ހަނދާންތަކެއް ތަޖުރިބާ ކުރެވިފައިވާ ކަމަށައި މިވަގުތު ފީފާ ރޭންކިންގެ އެއްވަނައިގަ ބެލްޖިއަމް އޮތުމުން ފަހުރުވެރިވާ ކަމުގައެވެ.

މިވަގުތަކީ ގައުމީ ޓީމުން ދުރަށް ޖެހި ކުރިއަށް އޮތް ޖީލަށް ފުރުސަތު ދިނުން އެންމެ ރަނގަޅު ދަނޑިވަޅު ކަމުގައި ގަބޫލުރާ ކަމަށްވެސް ފެލައިނީ ބުނެފައިވެއެވެ.

ބެލްޖިއަމްއަށް 18 ގޯލް ކާމިޔާބު ކޮށްދީފައިވާ ފެލައިނީ މިވަގުތު ކުޅެމުން ދަނީ ޗައިނީސް ސުޕަރ ލީގުގެ ކްލަބެއް ކަމުގައިވާ ޝަންޑޮން ލުއެންގްއަށެވެ. 

Advertisement

ކޮމެންޓް

Advertisement