Advertisement

އިތިއޯޕިއާ އެއާލައިނުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި

10 Mar 2019 | 23:26

އެފްރިކާގެ ޤައުމެއް ކަމުގައިވާ އިތިއޯޕިއާ އިން ފުރައިގެން ކެންޔާއަށް ދަތުރުކުރަމުން ދިޔަ އިތިއޯޕިއަން އެއާލައިން ބޮއެން 737ގެ ފްލައިޓް ވެއްޓުނު ހާދިސާގައި ފްލައިޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ރޮއިޓާސް ގައި ރިޕޯޓްކޮށްފައިވާ ފްލައިޓް ވެއްޓުނު އިރު، 149ފަސެންޖަރުންނާއެކު ކްރޫން ހިމެނޭ ގޮތަށް ޖުމްލަ 157 މީހުން ތިއްބެވެ.

އިތިއޯޕިއަން އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި ފްލައިޓް ވެއްޓިފައިވަނީ އިތިއޯޕިއާގެ އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ފްލައިޓް ފުރިތާ 6 މިނެޓް ތެރޭގައި ފްލައިޓާ ކޮންޓެކްޓް ގެއްލިފައިވާ ކަމަށް ފްލައިޓް ޓޭކް އޮފް ކުރި، އިތިއޯޕިއާގެ ބޯލް އިންޓަރނޭޝަނަލް އެއަރޕޯޓުން މަޢުލޫމާތު ދެއެވެ.

ފްލައިޓް ވެއްޓިފައި ވަނީ އިތިއޯޕިއާގެ ވެރިރަށް ބިޝޮފްތުގެ އިރު ދެކުނުގެ ސަރަަހައްދަކަށެވެ. ވެއްޓުނު ފްލައިޓަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭނުންކުރަން ފެށި މުޅިން އާ ފްލައިޓެކެވެ. އަދި ބޯޓުގެ ޕައިލެޓަކީ 2010 ވަނަ އަހަރުން ފެށިގެން އިތިއޯޕިއަން އެއާލައިނުގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޕައިލެޓެއް ކަމަށް ވެސް އިތިއޯޕިއާގެ އެއާލައިނުން ވަނީ ބުނެފައެވެ.

އިތިއޯޕިއާގެ އެއާލައިނުން ދަތުރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކެންޔާގެ ވެރިރަށް ނައިރޯބީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކަށް ދިޔަ މީހުންނެވެ. 

ފްލައިޓުން ދަތުރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ކެންޔާގެ 28 މީހުން، ކެނެޑާގެ 18 މީހުން، އިތިއޯޕިއާގެ 9 މީހުން، ޗައިނާ، އިޓަލީ އަދި އެމެރިކާ ކޮންމެ ގައުމަކުން 8 މީހުން، ފްރާންސްގެ 7 މީހުން، އިނގިރޭސިވިލާތުގެ 7 މީހުން، މިސްރުގެ 7 މީހުން އަދި އިންޑިޔާ އާއި ސްލޮވާކިއާ އަށް ނިސްބަތްވާ 8 މީހެކެވެ.

Advertisement

ކޮމެންޓް