އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވުމުން ފްލައިޓް އެމެޖެންސީގައި އެނބުރި އެއާޕޯޓަށް!

11 Mar 2019 | 23:10

މަތިންދާބޯޓުގައި ދަތުރުކުރާއިރު އެންމެ ސިކުންތަކަށް ފްލައިޓް ލަސްވިޔަސް ގިނަ ބަޔަކު ވަރަށް ރުޅި އަވަހަށް ރުޅިގަދަވެއެވެ. ޕައިލެޓުންނާއި ކެބިން ކްރޫންނަށް އަމާޒުކޮށް ނަފްރަތުގެ ބަސްތައް ރައްދުކޮށްލައެވެ. ފްލައިޓް ލަސްވުން ފަދަ ކަންތަކަކީ ގިނަ ފަހަރަށް ޕައިލެޓް ނުވަތަ ކެބިން ކްރޫއާއި ސީދާ ގުޅުންހުރި ކަމަކަށް ނުވާކަން އެނގޭއިރު ވެސް މެއެވެ.

ކިތަންމެ ވަރަކަށް ރުޅިވެރިކަމާއި ނަފްރަތާއި ކުރިމަތިލާން ޖެހުނަސް ޕައިލެޓުންނާއި ކެބިން ކްރޫއިން އަބަދުވެސް މަސައްކަތް ކުރަނީ ޕަސެންޖަރުންގެ ހިތްހަމަޖައްސައި ދިނުމަށެވެ. މިއީ ވެސް އެފަދަ ހާދިސާއެކެވެ.

ސައުދީ އަރަބިއްޔާގެ ޤައުމީ އެއާލައިން "ސައުދީއާ"ގެ ކެބިން ކްރޫއިންނާއި ޕައިލެޓުން ވަނީ ބޯޓުން ދަތުރުކުރި ޕަސެންޖަރަކު ހިތްހަމަޖައްސައި ދިނުމަށް ބޮޑު ޤުރުބާނީއެއް ވެފައެވެ.

ސައުދީ އަރަބިއްޔާގެ ކިންގް އަބްދުލް އަޒީޒް އެއާޕޯޓުން ފްލައިޓް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެބޯޓުން ދަތުރުކުރަމުން ދިޔަ އަންހެނަކު ރޮއެމުން ގޮސް ކެބިން ކްރޫން ގާތުގައި ބުނި ގޮތުގައި އޭނާއަށް ހަނދާން ނެތުމުގެ ސަބަބުން ފްލައިޓަށް އެރީ ދަރިފުޅު އެއާޕޯޓަށް ދޫކޮށްލާފައެވެ.

ޕަސެންޖަރުންގެ ވާހަކަތައް ކެބިން ކްރޫއިން ޕައިލެޓާއި ހިއްސާކުރުމުން ޕައިލެޓް ވަނީ އެއާރ ޓްރެފިކް ކޮންޓްރޯލްގަ ތިބި މީހުންނާއި އެވާހަކަ ހިއްސާކުރިއެވެ.

އެއާޓްރެފިކް ކޮންޓްރޯލަރާއި ޕައިލެޓް ދެއްކި ވާހަކަތައް ސޯޝަލް މީޑިޔާގައި އާއްމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޕައިލެޓަށާއި ފްލައިޓްގެ ކްރޫންނަށް ތައުރީފްކޮށްފައެވެ.

ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯ ކްލިޕުން އެނގޭ ގޮތުގައި ޕައިލެޓް އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމުން އެއާ ޓްރެފިކް ކޮންޓްރޯލާ އަވަސްވެގަންނަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް އޮންނަ ގޮތް އޮޅުން ފިލުވުމަށެވެ.

އެހެން ނަމަވެސް އެއެންމެ ފުރަތަމަ ސުވާލުކުރެއެވެ.އެތަނުން އެއް ކޮންޓްރޯލާ އަނެކަކު ކައިރިން އެވަގުތު އަމަލުކުރަންވީ ގޮތް އަހާ އޮޅުން ފިލުވަން މަސައްކަތް ކުރާކަން ދައްކާ ވާހަކަތަކުން އެނގެއެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރާނެ ވަކި ޚާއްސަ އުސޫލެއް އޮތްތޯ ބެލުމަށްތެޅިގަތުމަށްފަހު ދެވަނަ ފަހަރަށް ވެސް ވެގެން އުޅޭގޮތް ޕައިލެޓް ގާތުން އޮޅުން ފިލުވައެވެ.

އެންމެ ފަހުން އެއާޓްރެފިކް ކޮންޓްރޯލަރުން ފްލައިޓް އަނބުރާ އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ދިނުމުން ފްލައިޓް އަނބުރާ ކިންގް އަބްދުލް އަޒީޒް ޖެއްސިއެވެ. ފްލައިޓް އަލުން މެލޭޝިއާއަށް ފުރީ އަންހެންމީހާގެ ދަރިފުޅު ގޮވައިގެންނެވެ.

Advertisement

ކޮމެންޓް