ގިނަ ތަރިންތަކެއް ފެނިގެންދާ "ކަލަންކް"ގެ ޓީޒާ ރިލީޒްކޮށްފި

13 Mar 2019 | 10:37

ކަރަން ޖޯހަރުގެ ފިލްމު "ކަލަންކް"ގެ ޓީޒާ ރިލީޒްކޮށްފިއެވެ.

ކަރަން ޖޯހަރުގެ ފިލްމެއްކަމަށްވާ ކަލަންކް އަކީ ގިނަ ތަރިން ފެނިގެންދާ ފިލްމެކެވެ. އެގޮތުން މިފިލްމުގައި ވަރުން ދަވަން، އާލިޔާ ބަޓް، ސަންޖޭދަތު، އަދިތިޔާ ރޯއި ކަޕޫރުގެ އިތުރުން މާދޫރީ ޑިކްސިޓް އަދި ސޮނާކުށީ ފެނިގެން ދެއެވެ.

މިފިލްމަކީ އެތައް ގޮތަކަށް ޚާއްސަ ފިލްމެވެ. އެގޮތުން މިފިލްމުން 22 އަހަރަށް ފަހު ސަންޖޭ އަދި މާދުރީ އެއްފިލްމަކުން ފެނިގެންދާނެއެވެ. އަދި މިއީ ވަރުންއާއި އާލިޔާ އެކުގައި ފެނިގެންދާ ހަތަރުވަނަ ފިލްމެވެ. އާލިޔާ އަދި ވަރުން އެކުގައި ފެނިގެންދިޔަ ހުރިހާ ފިލްމަކީވެސް ހިޓް ފިލްމުތަކެކެވެ.

"ކަލަންކް"ގެ ޓީޒާ މިއަދު ރިލީޒްކޮށްފައިވާއިރު ގިނަ ބަޔަކަށް ވަނީ އެ ޓީޒާރ ކަމު ގޮސްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޓީޒާރއަށް ތައުރީފު އޮހިގެން އަންނައިރު އޭގެ ތެރޭގައި ބޮލީވުޑުގެ މަޝްހޫރުތަރިން ވެސް ހިމެނެއެވެ. ދެމިނެޓްގެ އެ ޓީޒާއިން ގިނަ އިމޯޝަންތަކެއް ފެނިގެންދާއިރު ތަރިންގެ ހުނަރުވެސް އެހާމެ ފުރިހަމައެވެ.

ކަލަންކް ފިލްމަކީ ކަރަން ޖޯހަރަށް ވަރަށް ޚާއްސަ ފިލްމެކެވެ. އެއީ އޭނާގެ ބައްޕަ މަރުވުމުގެ ކުރިން މަސައްކަތްކުރި އެންމެ ފަހު ސްކްރިޕްޓަށް ވުމުންނެވެ.

"ކަލްންކް" ރިޒީލްކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް