ގެސްޓްހައުސްތަކުގެ ވިޔަފާރި ހުޅުވާލަން ނިންމިއިރު މިހާ ފައިދާާވާނޭ ހިތަކަށް ނާރާ: ރައީސް ނަޝީދު

13 Mar 2019 | 15:04

އެމަނިކުފާނުގެ ސަރުކާރުން ގެސްްޓްހައުސް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލިއިރު، މިހާ ފައިދާވާނެކަމަށް ހިތަށްނާރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ.ތޮއްޑޫގައި ރޭ އޮތް އެޖެންޑާ19ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމިއިރުގައި އެއީ އެތައް މިލިއަން، އެތައް ބިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއް ހުޅުވާލަނީކަމަށް ހިތަށް އަރާވަޑައިގެންފައި ނުވާކަމަށެވެ.

ނަމަވެސް ގެސްޓްހައުސް ވިޔަފާރިއަކީ މިއަދު ރާއްޖޭގައި ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި، ރަލާއި ސިނގިރޭޓުކަމަށް ވިދާޅުވެފައެވެ.

"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް