ކޮލެޖް ދަރިވަރަކު ދަރިފުުުޅު ގޮވައިގެން ދިއުމުން ދަރި ބަލައިިދިނީ ލެކްޗަރަރ!

20 Mar 2019 | 05:33

އެމެރިކާގެ ކޮލެޖް ދަރިވަަރަކު، އޭނާގެ ދަރިފުޅު ގޮވައިގެން ކްލާހަށް ދިއުމުން އޭނަގެ ލެކްޗަރަރ އަކު އެކުއްޖާ ބަލަހައްޓައިދީފިއެވެ.

މިކަމުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ވައިރަލްވެފައިވާ އިރު، މި ލެކްޗަރަރއަށް ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިތުއްތު ކުއްޖާގެ ބައްޕަ ކޮލެޖްގެ ކްލާސް އޮއްވައި، އެކުއްޖާ ދުވާލު ގަޑީގައި ބަލާ ފަރާތަށް ކުއްޖާ ބަލަން ނާދެވޭގޮތް ދިމާވިއެވެ. މިހެންވުމުން އެ ކުއްޖާގެ ބައްޕަ ލެކްޗަރަރ އަށް މެސެޖްކޮށް ކްލާހަށް ނާާދެވިދާނެ ވާހަކަ ބުނުމުން ލެކްޗަރަރ ވަނީ އެކުއްޖާ ގޮވައިގެން ކްލާހަށް އައުމަށް އެދިފައެވެ.

އެކަމަށް އެ ކުއްޖާގެ ބައްޕަ އެއްބަސްވެ، އެ ތުއްތު ކުއްޖާ ގޮވައިގެން އައުމުން ލެކްޗަރަރ ވަނީ އެ ކުއްޖާ ބަލައިދެމުން ކްލާސް ނަގައިދީފައެވެ. މިހެން ހެދީ އެ ކުއްޖާގެ ބައްޕައަަށް ފިލާވަޅު ނެގުމަށް ފަސޭހައަކަށްކަމަށް އެ ލެކްޗަރަރ ދިން އިންޓަރވިއު އެއްގައި ވަނީ ބުނެފައެވެ.

މި ލެކްޗަރަރއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތައުރީފް އޮހެމުންނެވެ. އަދި އޭނާގެ ދަރިވަރު ކިޔެވުމަށްޓަކައި ވި ގުރުބާނީއަށްޓަކައި އެ ދަރިވަރަށްވެސް ދަނީ ސާބަސްދެމުންނެވެ.

Advertisement

ކޮމެންޓް

Advertisement