ADS BY ALHAN FAHMY

ސްނިލް ގްރޯވާރ، ކަޕިލް ޝަރުމާ ޝޯއާއި އަނެއްކާވެސް ގުޅެނީ

- 4 days ago 0 - ފާތިމަތް ޝިމްނާ

ކަޕިލް ޝަރުމާގެ " ދަ ކަޕިލް ޝަރުމާ ޝޯ" އިން އަނެއްކާވެސް ސްނިލްގްރޯވާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ADS BY ADS BY KALIMERA

ދަ ކަޕިލް ޝަރުމާ ޝޯއަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއި އެކު ބަލާ ޝޯއެކެވެ. ނަމަވެސް އެ ޝޯއިން ސްނިލް ގްރޯވާ ފެނުމަކީ އެންމެންވެސް އެދޭ ގޮތެކެވެ. ސްނިލް ކަޕިލްގެ ޝޯއިން ވަކިވެފައިވަނީ ކަޕިލްއާއި ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.

އެއަށްފަހު ކަޕިލް އެތައް ފަހަރަކު އެދުމުންވެސް އެ ޝޯއާއި ސްނިލް ގުޅިފައިނުވެއެވެ. ނަމަވެސް ޚަބަރުތައް ބުނާގޮތުން ސަލްމާން ޚާން މިވަނީ ސްނިލް ޝޯއާއި ގުޅެން އެއްބަސް ކުރުވާފައެވެ.

ސްނިލް ގްރޯވާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަލްމާން ޚާންގެ ފިލްމު "ބަރަތު"ގައެވެ.

އިންޑިއާގެ ޚަބަރުތައް ބުނާގޮތުން ސަލްމާން ޚާން ވަނީ "ބަރަތު"ގެ ޕްރޮމޯޝަންގެ އިތުރުން އެ ޝޯގައި އެއްކޮށް އޭނާ ބައިވެރިވުމަށް ސްނިލްގެ ކިބައިން އެދިފައެވެ. އަދި ސްނިލް އެކަމަށް އެއްބަސް ވެފައިވާ ކަމަށްވެސް ނޫސްތަކުގައިވެއެވެ.

ސްނިލް އަދި ކަޕިލް އެ ޝޯއިން ފެނިގެން ދިއުމަކީ އެ ޝޯ ބަލާ އެންމެންގެ ވެސް އުއްމީދެވެ. މި ޚަބަރާއި އެކު ގިނަ ބަޔަކު އަންނަނީ ސަލްމާނަށް ތާއީދުކުރަމުންނެވެ. އަދި ސްނިލް އާއި ކަޕިލް އެއް ޝޯއަކުން ފެނިގެންދާން ބޭނުންވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

0%

0%

0%

ADS BY VOICE.MV
0 ކޮމެންޓް

ހަބަރު