އައު ރަންވޭގައި ފްލައިޓު ޖެއްސި މައްސަލައިގައި ދައުވާ ކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފި

09 Sep 2018 | 11:19

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީ ކުރަމުންދާ ރަންވޭގައި، އެއަރ އިންޑިޔާގެ ފްލައިޓެއް ޖެއްސި މައްސަލައިގައި ދައުވާ ކުރަން ޖެހޭ ފަރާތެއް ވާނަމަ، އެކަމާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހާދިސާއެއް ހިނގިކަން އަންގާ، ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ ބުލެޓިންގައި ބުނެފައިވަނީ، ސެޕްޓެމްބަރު ހަތްވަނަ ދުވަހު އިންޑިޔާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރި އެއަރ އިންޑިޔާގެ ބޯޓެއް، އަލަށް ހަދަމުންދާ ރަންވޭގައި ޖައްސާ، ސީރިޔަސް އިންސިޑެންޓެއް ހިނގާފައިވާކަމަށެވެ.

މިކަމުގެ ސަބަބުން ބޯޓުގެ ފުރޮޅަށް ގެއްލުން ލިބިފައިވާކަމަށާއި، ނަމަވެސް ބޯޓު ލޭންޑު ކުރި ވަގުތު ރަންވޭ މަތީގައި މަސައްކަތް ކުރަމުންދިޔަ އެއްވެސް މަސައްކަތްތެރިއަކަށްވެސް ގެއްލުންވެފައި ނުވާކަން އެ ބުލެޓިންގައި ބުނެފައިވެ އެވެ.

ރަންވޭ މަތީގައި ޖައްސާފައިވަނީ އެއަރ އިންޑިޔާގެ އޭ320-25 އައިއެން މަރުކާގެ ބޯޓެކެވެ. އެވަގުތު ބޯޓުގައި ކުރޫ މެންބަރުންނާއި އިންޖިނޭރުން އަދި ފަސިންޖަރުން ހިމެނޭގޮތަށް ޖުމުލަ 112 މީހުން ތިއްބެވެ.

Advertisement

ކޮމެންޓް