ފޮނަދޫ ދާއިރާގެ ޚިޔާލު ހޯދުމުގެ ޕޯލްއަކުން ޒައީމާ ކުރިހޯއްދަަވައިފި

14 Mar 2019 | 17:18

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންެގެ މެދުގައި ނެގުނު ޚިޔާލު ނެގުމުގެ ވޯޓަކުން އެ ދާއިރާގެ ޖޭޕީގެ ކެނޑިޑޭޓް ފާތިމަތު ޒައީމާ ކުރި ހޯއްދަވައިފިއެވެ.

ޒަޢީމާ ކުރި ހޯދާފައިވަނީ، "ހައްދުންމަތީ އަޑުން" އިސް ނަގައިގެން "ޚިޔާލް ޕޯލް"ގެ ނަމުގައި އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ފޭސްބުކް ޕޯލަކުންނެވެ. މިޕޯލްގައި ޖުމްލަ 686 ފަރާތަކުން ވޯޓް ލާފައިވާވައިރު، ޒަޢީމާ މިޕޯލް ކާމިޔާބޮށްފައިވަނީ ވޯޓް ލީ މީހުންގެ ތެރެއިން 343 މީހުންގެ ވޯޓާއި އެކުއެވެ. މިއީ ވޯޓް ލީ މީހުންގެ 39.5 އިންސައްތައެވެ.

މި ޕޯލްގައި ދެވަނަ އަށް އެންމެ ކުރީގައި އޮތް އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖަށް ލިބިފައިވަނީ 276 ވޯޓެވެ. އަދި މިހާރުވެސް ފޮނަދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ، ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުއްރަޙީމް އަބްދުލްﷲ އަށް މި ޕޯލް އިން ތިންވަނަ ލިބިފައިވާއިރު، އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ ވޯޓްގެ ތެރެއިން އެންމެ 48 ވޯޓެވެ.

މިދާއިރާއަށް އިތުުރު ތިން ކެނޑިޑޭޓުން ވާދަ ކުރައްވާއިރު، މިދާއިރާއިން ވާދަ ކުރާ، އަބްދުﷲ ކަމާލުއްދީން އާއި މުޙައްމަދު ނާއިފް އަށް ލިބިފައިވަނީ 7 ވޯޓްއެވެ. އަދި މުޙައްމަދު ވަޙީދަށް ލިބިފައިވަނީ 5 ވޯޓެވެ.

މާމެންދޫ އަދި ފޮނަދޫ ހިމެނޭ ފޮނަދޫ ދާއިރާގެ އާބާދީ 4113 ގައި އުޅޭއިރު، ވޯޓް ދިނުމުގެ ޙައްޤު ލިބިގެންވަނީ 2837 މީހުންނަށެވެ.

Advertisement

ކޮމެންޓް