ސައުތު އެފްރިކަން އެއަރވޭޒްގެ ދަތުރުތައް ފުޅާކުރަނީ

17 Mar 2019 | 12:49

ސައުތު އެފްރިކަން އެއާވޭޒްގެ ފަރާތުން އައްޑޫސިޓީއަށް ކުރާ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސައުތު އެފްރިކަން އެއާވޭޒްގެ އިސްވެރިންނާއި އެބޭފުޅާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލުވުމުގައި ސައުތު އެފްރިކަން އެއަރވޭސްއިން އައްޑޫ ސިޓީއަށްކުރާ ދަތުރުތައް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށް ސައުތު އެފްރިކަން އެއަރވޭސްގެ އިސްވެރިން ފާހަގަކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު އިތުރަށް ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ސައުތު އެފްރިކަން އެއަރވޭސްގެ އިތުރު ފުލައިޓްތައް އައްޑޫސިޓީއަށް ދަތުރު ކުރާނެކަމަށް އެ އެެއާވޭޒުން ބުނެފައިވާކަަމަށެވެ. އަދި އައްޑޫ ސިޓީ ނޫން ރާއްޖޭގެ އެހެން މަންޒިލްތަކަށްވެސް ސައުތު އެފްރިކަން އެއަރވޭސްގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައުތު އެފްރިކަން އެއާވޭސްއިން އައްޑޫސިޓީއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 

Advertisement

ކޮމެންޓް