އެމްޑީޕީއާއި އަދާލަތު ޕާޓީން މަޖިލީހަށް ކޯލިޝަނެއް ހަދައިފި

17 Mar 2019 | 18:58

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ވާދަކޮށް، މަޖިލީހުގައި އެކުގައި މަސައްކަތް ކުރުމަށް އަދާލަތު ޕާޓީއާއި އެމްޑީޕީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އެމްޑީޕީން ބުނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ބަރުލަމާނީ ވަޢުދުނާމާ “އެޖެންޑާ 19” އަށް ޢަދާލަތު ޕާޓީއިން ތާޢީދުކުރުމަށް ނިންމަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަރުޙާބާ ކިޔާކަމަށެވެ.

ްއެމްޑީޕީން ބުނީ “އެޖެންޑާ 19” އަށް ޢަދާލަތު ޕާޓީއިން ތާޢީދުކުރެއްވުމަށް ނިންމެވުމާއެކީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް ޢަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ތާޢީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"ޢަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހިންގާފައިވާ ޚިޔާނާތާއި ވައްކަމާއި ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއެކީ ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެކެވެ" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން އަދާލަތަށް އެންމެ ގޮނޑިއެއް ދޫކޮށްލިއިރު، ފުރަތަމަ މަޝްވަރާ ކުރެވުނީ ހަ ގޮނޑި ދޫކޮށްލުމަށެވެ.

Advertisement

ކޮމެންޓް

Advertisement