މެންބަރު ލަތީފް ރައީސް ޔާމީނު އިސްތިއުފާ ދެއްވުމަށް ގޮވާލައިފި

09 Oct 2018 | 06:39

މިއަދު ސުޕްރީމްކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމާ ގުޅިގެން އެ ކޯޓުގެ ބޭރުގައި ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު، ރައީސް ޔާމީން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށާއި ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ވިދާޅުވެއްޖެ އެވެ. 

އިތުރަށް ވާހަކަފުޅުދައްކަވަމުން ލަތީފް ލަތީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށެވެ. 

ލަތީފްގެ އިތުރުން މެންބަރު އަބްދުﷲ ރިޔާޒުވެސް ވަނީ މި މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މަޖިލީހުގެ ރައީސް މަސީހަށް ވެސް މިދަންނަވަނީ އަވަހަށް އިސްތިއުފާ ދެއްވާށޭ. ނައިބު ރައީސް މޫސާ މަނިކަށް ވެސް މި ދަންނަވަނީ އަވަހަށް އިސްތިއުފާ ދެއްވާށޭ. ރައީސް ޔާމީނަށް ވެސް މި ދަންނަވަނީ އިސްތިއުފާ ދެއްވާށޭ. ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމަށް ފާސްކޮށް ވަކި ކުރާނަމޭ." ލަތީފު ވިދާޅުވިއެވެ. 

ލަތީފް، ރައީސް ޔާމިންގެ އިސްތިއުފާއަށް ގޮވާލާފައި މިވަނީ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ނާކާމިޔާުވެ، ކޯލިޝަންސަރުކާރެއް ރާއްޖޭގެ ވެރިކަމާ ހަވާލުވާން މަސް ދުވަހަށް ވެފައި ވަނިކޮށެވެ. 

Advertisement

ކޮމެންޓް