Advertisement

އަދާލަތާއި އެމްޑީޕީން އެކުގައި މަސައްކަތް ކުރާނަމަ ވެރިކަން ގުަޑާވެސް ނުލެވޭނެ- ރައީސް ނަޝީދު

18 Mar 2019 | 07:19

އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރާ ނަމަ އެ ދެ ޕާޓީ ސިޔާސީ ގޮތުން ބަލި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަރެސް މާތޮޑާ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އަހްމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އަދާލަތާއި އެމްޑީޕީ އެކުގައި ތިއްބާ ވެރިކަން ގުޑުވާލެވޭ ވަރުގެ ބައެއް ރާއްޖޭގައި ނެތްކަމަށެވެ.

ނަޝީދު އެފަދައިން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީން ވަނީ ހޯރަފުށީ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓާއި އަދި އަލިފުށީ އިތުރުން ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަަަމަށް އަދާލަތު ޕާޓީން ވަނީ އިއުލާން ކޮށްފައެވެ.

ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއަކީ ދިވެހިން ބޭނުންވާ ކިތަންމެ ކަމަކަށް އަޑުއުފުލާފައިވާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކަށްވެސް އަދާލަތުން ތާއީދުކުރާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ކުޅަދާނަ ކަންތައްތަކެއް ހުރި ޕާޓީއެއް ކަަމަށެވެ. ނަމަވެސް ބައެއް ކަންތައްތަކުގައި އެމްޑީޕީން އަދާލަތުގެ ފަރާތުން ފިލާވަޅު ނަގަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އަދި އެ ދެޕާޓީގެ ތަފާތު އެއްކޮށްލުމުން ދިވެހިން ބޭނުންވާ ފުރިހަމަ ރާއްޖެއެއް ލިބިގެން އަންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް