މަސައްކަތްކުރާ ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަގޮތަކަށް: ސީއެސްސީ

18 Mar 2019 | 12:05

ދިވެހި ސިވިލް ސާވިސްގެ ފަރާތުން އެކުލަވާލާފައިވާ "ހެދުން އެޅުމުގެ ގަވާއިދު"ގެ އިބާރާތްތައް އެކި އިދާރާތަކުން ތަފާތު ގޮތްގޮތަށް މާނަ ކުރާ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު ޚާއްސަ ސާކިއުލާއެއްގައެވެ.

ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވަނީ އެ އިދާރާއިން އެކުލަވާލާފައިވާ ސިވިލް ސާވިސް ޤައވާއިދު 2014 ގެ 145 ވަނަ މާއްދާގެ (ހ)ގައިވާ އިބާރާތް އެކި ގޮތްގޮތަށް މާނަކޮށް ސިވިލް ސާވިސްގެ އިދާރާތަކުން މުވައްޒަފުންނާ މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ގަވާއިދުގައި ބުނެފައިވަނީ "ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަގޮތަކަށް،" މިހެންނެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ހެދުން އެޅުމުގެ އިބާރާތުގައި އެ ބުނަނީ ހެދުން އަޅާފައި ހުންނަގޮތް އެކަނި ނޫން ކަމަށެވެ.

މުވައްޒަފު ވަޒީފާ އަދާކުރަމުން ގެންދާ އިދާރާއަކުން ދޫކޮށްފައިވާ މުވައްޒަފުގެ ކާޑު ފަދަ އެއްޗެހި ފެންނަ ގޮތަށް ހުރުމަކީ ވެސް ހެދުން އެޅުމުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކަމެއް ކަމަށް ކޮމިޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement