Advertisement

އީޔޫގެ ސަފީރު ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލު ކުރައްވައިފި

09 Oct 2018 | 06:37

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޓުންގ-ލައި މާގިއޫ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މާފަންނު ކުނޫޒުގައި ބައްދަލުކުރައްވައިފިއެވެ.

ޖުމުހޫރީ ޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒުގައި ބޭއްވުނު މިބައްދަލުވުމުގައި ގާސިމްގެ އިތުރުން އެޕާޓީގެ  އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އޭގެ ތެރޭގައި ރައީސް އަލީ ވަހީދާއި، ނައިބުރައީސް ޑރ. އަބުދުﷲ މައުސޫމާއި އެކްޓިންގ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ފޮރިންގ ރިލޭޝަންސް ކޮމިޓީގެ ޗެއަރ ޑރ. އާސިމް އަހުމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ގާސިމްވަނީ ރާއްޖެ ދިމިގުރާތީ ހަމަތަކުންގެ މަތިން ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ އިސްލާހީ މަސައްކަތްތަކަށް އީޔޫ އިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ހަމަ މިއާއެކު އީޔޫ އިން ވަނީ ރާއްޖޭގައި ދިމިގުރާތީ ހަމަތައް އަށަގަންނުވައި އިސްލާހީ މަސައްކަތްތަކާއި މުއައްސަސާތައް ހަރުދަނާކޮށް ހިންގުމަށާއި، ތިމާވެށީގެ ދާއިރާ އާއި ސަލާމަތީ ހިދުމަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އީޔޫގެ ސަފީރު މީގެކުރިން ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވާފައެވެ.

Advertisement

ކޮމެންޓް