ޑެންގީ އާއި ޗިކުންގުންޔާ ފެތުރެނީ: ރައްކާތެރިވޭ!

18 Mar 2019 | 12:30

މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކަމުގައިވާ ޑެންގީ އަދި ޗިކުންގުންޔާ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޑެންގީ އަދި ޗިިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އަދިވެސް ދަށަށް ނުދާކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑެންގީ ހުން ގިނަވެފައިވާއިރު، މިދުވަސްވަރު ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކުރާ އަދަދުވެސް އިތުރުވަމުން އަންނަކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ ބަޔާނުގައި ވަނީ މި ދެ ބަލިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި 3 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ހުން އަންނަނަމަ ނުވަތަ ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ޑެންގީ ހުމުގެ އަލާމާތްތައް:

ކުޑަކަމު ދެވޭ މިންވަރު މަދުވުން

އާދަޔާ ޚިލާފަށް ހަށިގަނޑުގެ ވަރު ދެރަވުން

ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން

މި ދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުމާއި ޗިކުންގުންޔާ ފެތެރުމުން އަންނައިރު ކޮންމެ އަހަރަކުވެސް މި ދުވަސްކޮޅު މިފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް