Advertisement

ސަލްމާން ޚާން އަމިއްލަ ޓީވީ ޗެނަލެއް އުފައްދަނީ

18 Mar 2019 | 06:19

ސަލްމާން ޚާން އަމިއްލަ ޓީވީ ޗެނަލެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާން ޚާން އަކީ ގިނަ އާ ތަރިންތަކެއް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފިލްމުތަކުން ބޮލީވުޑަށް ނެރެފައިވާ ތަރިއެކެވެ. އަދި އޭނާ އަކީ ޓީވީ ޗެނަލްތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ތަރިއެކެވެ. އެގޮތުން އޭނާ އަންނަނީ މަޝްހޫރު ޓީވީ ޝޯ "ދަ ކަޕިލް ޝަރުމާ"ގެ ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ސަލްމާން އަންނީ ގިނަ ޓީވީ ޝޯތަކެއް އުފައްދާ އޭނާގެ އަމިއްލަ ޓީވީ ޗެނަލްއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެ ޓީވީ ޗެނަލަށް ކިޔާނެ ނަމަކީ އެސްކޭޓީވީ ކަމަށް ނޫސްތަކުގައިވެއެވެ. ޚަބަރުތައް ބުނާ ގޮތުން އެ ޓީވީ ޗެނަލުން ދަ ކަޕިލް ޝަރުމާ ޝޯވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން ސަލްމާން ޚާން އަންނަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 'ބީއިން ޗިލްޑްރެން' ކިޔާ ބްރޭންޑެއް އުފެއްދުމަށްވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ދަށުން އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަލްމާން ޚާންއާއި ގާތްކޮށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް