އެސްއެމްއީ ބޭންކްގެ ޚިދުމަތް ފަށައިފި

18 Mar 2019 | 11:37

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސަރުކާރުން ގާއިމްކުރި އެސްއެމްއީ ބޭންކްގެ ޚިދުމަތް ފަށައިފިއެވެ.

އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފެއްދި މި ބޭންކް މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއެމްއީ ބޭންކްގެ ހިދުމަތްތަައް ދޭނީ ހ. ސަކީނާމަންޒިލްގެ 3 ވަނަ ފަންގިފިލާއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގާ މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގައި ކޮންމެ ސިޓީ ކައުންސިލަކަށް %5 ހިއްސާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް