Advertisement

ރައީސް ޔާމީން ވަނީ ތުލުސްދޫއިން ބިން ދޫކުރެވޭވަރަށް ހިއްކާފައި، ރައްޔިތުންނަށް ގޯތި ލިބެންޖެހޭ: ސިއްދީގް

18 Mar 2019 | 12:14

ކ.ތުލުސްދޫގެ ރައްޔިތުންނަށް ގޯތި ހޯއްދަވައިދެއްވާނެކަމަށް މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސިއްދީގް ވިދާޅުވެއްޖެއެވެ.

ސިއްދީގް މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.

ސިއްދީގް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގޯތިދެވޭނެވަރަށް ތުލުސްދޫގެ ބިން ހިއްކަވައިދެއްވާފައިވާކަން ފާހަގަކުރައްވައި ތުލުސްދޫގެ ރައްޔިތުންނަށް ގޯތި ލިބެންޖެހޭނެކަމަށާއި ﷲގެ އިރާދަފުޅާއި އެކު އެކަމަށް ހައްލު ހޯދަން މަަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސިއްދީގް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގޯތިދެވޭނެވަރަށް ތުލުސްދޫގެ ބިން ހިއްކަވައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް