"އިންޑިޔާ ފަަސްޓް" ޚާރިޖީ ޕޮލިސީ ރާއްޖެއިން ބާއްވާނެ: ޝާހިދު

18 Mar 2019 | 12:33

ޚާރިޖީ ގުޅުންތަކުގައި އިންޑިޔާ އިސްކުރާ އުސޫލު، ނުވަތަ އިންޑިޔާ ފަސްޓް ޕޮލިސީ ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަނެއްކާވެސް ދެއްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރުން އިންޑިޔާ ފަސްޓް ޕޮލިސީ ދަމަހައްޓާނެކަން ފާހަގަކުރައްވައި، މި ސަރުކާރުން އިންޑިޔާއާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާގެ ސަލާމަތާއި އިސްތިރާޖީ ވިސްނުންތަކަށް ރާއްޖެއިން އިހުތިރާމްކޮށް، ސަމާލުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވަނީ އިންޑިޔާއަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ބަޖެޓް ސަޕޯޓާއި ކަރަންސީ ސްވެޕްގެ ޒަރިއްޔާާއިން އިންޑިޔާއިން ރާއްޖެއަށް ދިން އިގްތިސާދީ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖެއާއި އިންޑިޔާއާއި ދެމެދުވާ ގާތް ގުޅުމުގެ ރަމްޒެއްކަމުގައިވާ އައިޖީއެމްއެޗްގެ އާބާތުރަ ފިލުވުމުގެ މަޝްރޫއުއަށް އިންޑިޔާއިން ދެއްވި އެހީއަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.

Advertisement

ކޮމެންޓް