ގެވެށި އަނިޔާގެ ތުހުމަތުތަކަށް މުޣުނީ އިންކާރުކޮށްފި

18 Mar 2019 | 16:20

ގެވެށި އަނިޔާގެ ތުހުމަތު ކުރެވި، އެމްޑީީޕީން ތާއިދުކުރުން ހުއްޓާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެ ޕާޓީގެ ތިނަދޫ އުތުރު ދާއިރާގެ ކެނޑިޑޭޓް އަބްދުލް މުޣުނީ ގެވެށި އަނިޔާގެ ތުހުމަތުތަކަށް އިންކާރުކޮށްފިއެވެ.

ބައެއް މީޑިޔާތަކާއި ވާހަކަދައްކަމުން މުޣުނީ ބުނީ އޭނާގެ އެފަދަ މައްސަލައެއް ކޯޓެއްގައި ވެސް ނޯންނާނެކަމަށާއި ސުވާލެއް ކުރުމަށް އެއްވެސް ތަނަކަށް ހާޒިރުކޮށްފައިވެސް ނުވާކަމަށެވެ.

މުޣުނީ މީގެ 11ވަަރަކަށް އަހަރު ކުރިން ކައިވެނި ބައްލަވައިގެން އުޅުނު ފަރާތަކުން ވަނީ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް ޓްވިޓަރގައި ވާހަކަދައްކާފައެވެ. މިކަމަށް ބާރުދީ ބައެއް ފަރާތްތަކުން ވަނީ މަންޒަރު ދުށްކަމަށްވެސް ބުނެފައެވެ.

މުޣުނީ ބުނީއެ ކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް ޕާޓީގައިވެސް ހުއްޓާ އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރާ ކަމަށެވެ.

"މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީ އަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން"، އޭނާ ބުންޏެވެ.

އޭނާ ވަނީ އޭނާގެ ނަން ނުނަގާނެ ކަމަށާއި ފޯރީގައި ކެމްޕެއިން ކުރިއަށް ގެންގޮސް ގޮނޑި ވެސް ކާމިޔާބު ކުރާނެކަމަށް ބުނެފައެވެ.

މުޣުނީގެ މައްޗަށް އޭނާގެ ކުރީގެ އަންހެނުން، ގެވެށި އަނިޔާގެ ތުހުމަތު ވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ތެރެއިންވެސް އުފުލާފައެވެ. މިކަމަށް ބާރުދީ އޭރުވެސް ގިނަ ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ. ނަަމަވެސް އޭރު އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފައެވެ.

ނަމަވެސް މި މައްސަލަ ދާދިފަހުން އަނެއްކާވެސް ފެންމަތިވުމުން މި މައްސަލަ ބަލައި، މުޣުނީގެ އަތުން ޓިކެޓް އަތުލުމަށް ގިނަ އެމްޑީޕީއާއި އާންމުންގެ ގިނަ ފަރާތްތަކުން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement