މޭޑޭ މުޒާހަރާ: އިބާދު ކަފާލާތުގެ ދަށުން ދޫކޮށްލެވޭކަށް ނެތްމަށް ހައިކޯޓުން އަންގައިފި

09 Oct 2018 | 10:47

2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމް.ޑީ.ޕީ އިން ކުރިޔަށް ގެންދިޔަ މޭ ޑޭ މުޒާހަރާއިން ހައްޔަރުކުރި ސ. ހުޅުދޫ، އޮސްޓްރޭލިއާ އިބްރާހިމް އިބާދު ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ. 

އިބާދު އަކީ އެދުވަހުގެ މުޒާހަރާއިން ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން މިހާރު ޖަލު ބަންދުގައި ހުރި ހަމައެކަނި މީހާއެވެ.

ގިނަ އަދަދެއްގެ ސިޔާސީ ހައްޔަރިންތަކެއް ކަފާލާތުގެ ދަޠުން ދޫކޮށްލެވެމުންދާ މިދަޓިވަޅުގައި އިބާދު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އޭނާގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ހައިކޯޓަން މީގެކުރިިން ހުށައަޅާފައެވެ. 

ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ޚޫރުޝީދާ ސޮއިކުރައްވައި ވަކީލު ނާޒިމަށް މިއަދު ފޮނުވި އެންގުމުގައި ވަނީ ކްރިމިނަލް ކޯޓުން އިބާދަށް އިއްވި ހުކުމުގެ އިސްތިއުނާފު ނިމެންދެން އެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި ސަބަބުތަކަށް ބާރުލިބޭފަދަ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. 

މިހެންކަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް އެ އެންގުމުގައިވެއެވެ.

އިބާދުއަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މޭޑޭ މުޒާހަރާ ކޮންޓްރޯލުކުރަން ހަރަކާތްތެރިވި، ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިއަށް ވައްޓާލާފައި އަނިޔާ ކުރުމާއި ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓުން އިބާދުއަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މޭޑޭ މުޒާހަރާއަށްފަހު ނުވަ މީހަކުވަނީ ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. 

ދައުވާކުރި ބައެއް މީހުން ވަނީ އެކި ފަހަރުމަތިން މިނިވަންކޮށްފައެވެ. އެ ނުވަ މީހުންނަކީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދާއި ސ. ހުޅުދޫ އޮސްޓްރޭލިއާ، އިބްރާހިމް އިބާދާއި ލ. ގަން އެއްގަމުގެ ނާސިރާ އަލީ އާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ ނީލޯފަރުމާގެ އުމަރު ގާހިރު އަދި މ. ބާންސަރީގެ އިބްރާހީމް ލަބާން ޝަރީފް އަދި ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް ތ. ގުރައިދޫ ރޯޒްވިލާ އަހްމަދު އިބްރާހީމެވެ. 

މީގެ ތެރެއިން އަބްދުﷲ ރަޝީދު މުހައްމަދު ވަނީ ޖަލުގައި ހުކުމް ތަންފީިޒު ކުރަމުން ދަނިކޮށް މަރުވެފަ އެވެ. 

އޭނާގެ މަރާގުޅިގެން ކަރެކްޝަނަލް ސާވިސަސްއަށް އަންނަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވަމުން އެވެ. 

އެ މައްސާލަގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު ވަނީ ނިޔާވެފައެވެ. 

Advertisement

ކޮމެންޓް

Advertisement