އަހަރެންގެ "ލަވް ލައިފް"ގެ ވާހަކަދައްކަން އަދި ތައްޔާރެއް ނޫން: ޕަރިނީތީ

19 Mar 2019 | 13:16

އަހަރެންގެ "ލަވް ލައިފް"ގެ ވާހަކަދައްކަން އަދި ތައްޔާރެއް ނޫން ކަމަށް ބޮލީވުޑުގެ ތަރި ޕަރިނީތީ ޗޯޕްޅާ ބުނެފިއެވެ.

ޕަރިނީތީ އަދި ޗާތީ ދެސާއި އެކުގައި ޕްރިޔަންކާ އަދި ނިކުގެ ކައިވެނި ހަފްލާތަކުން ފެނިގެން ދިއުމުން އެދެތަރިންގެ ގުޅުމާއި ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނެވެ. އަދި އެދެމީހުން ކައިވެނި ކުރަން އުޅޭކަމަށްވެސް ވާހަކަދެކެވުނެވެ. ނަމަވެސް އެވާހަކަތައް އެއްވެސް ވަރަކަށް މީގެކުރިން ޕަރިނީތީ ވާހަކަދައްކާފައި ނުވެއެވެ.

ނަމަވެސް ދާދިފަހުން އޭނާ ވަނީ ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ޕަރީ ބުނެފައިވަނީ އޭނާ ކައިވެނިކުރަން އުޅޭ ކަމަށް ދެކެވެނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ކޮންމެ އިރަކު ކައިވެނި ކުރިޔަސް އެދުވަހެއް އުފަލާއިއެކު އިއުލާން ކުރާނެ ކަމަށް ޕަރީ ބުނެފައިވެއެވެ.

ޕަރީ ދާދިފަހުން ޓައިމްސް އޮފް އިންޑިއާއަށް ދިން ބަސްދީގަތުމެއް ގައި ބުނެފައިވަނީ އޭނާގެ ކައިވެންޏާއި ލޯބިވެރިޔާއި ގުޅޭގޮތުން ވާހަކަދައްކަން މީ އެއްމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އޭނާގެ ލަވް ލައިފާއި ބެހޭ ގޮތުން ވާހަކަދައްކަން ޖެހޭ ދުވަހު އެކަން ކުރާނެ ކަމަށާއި ގިނަ ބަޔަކު ހީކުރާ ގޮތަށް އޭނާ އަކީ ކަންތައްތައް ފޮރުވާ މީހެއް ނޫން ކަމަށްވެސް ޕަރީ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް