ހާމިދު އަބްދުލް ގަފޫރް، އަބްދުﷲ ރިޔާޒްއަށް: ތަންކޮޅެއް މައިތިރިވެގެން ހުންނަވާ

10 Oct 2018 | 22:30

ޒަމާނުއްސުރެ އެމްޑީޕީގެ އެންމެ ކުރީ ސަފުން ފެންނަ އަދި އެމްޑީޕީގެ މިހާރުގެ ބައިނަލްއަގްވާމީ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ހާމިދު އަބްދުލް ގަފޫރް ޓްވީޓެއް މެދުވެރިކޮށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ބަހުގެ ހޫނު ހަމަލާއެއް ދެއްވައިފިއެވެ.

އެގޮތުން އޭނާ ކުރެއްވި ޓްވީޓްގައި އަބްދުﷲ ރިޔާޒް ތަންކޮޅެއް މައިތިރިވެގެން ހުންނަވަން ވިދާޅުވިއެވެ.

ހާމިދު އަބްދުލް ގަފޫރު މިހެން ޓްވީޓް ކުރައްވާފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕާޓީތަކުން ހުށަހަޅުއްވާހާ މީހަކު ގަބޫލު ނުކުރައްވާނެކަމަށާއި، މަގާމު ތަކަށް އައްޔަނު ކުރައްވާނީ ގާބިލު މީހުންކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

އަބްދުﷲ ރިޔާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާކަމަށް އެމްޑީޕީ އިން ލޭބަލް ކޮށްފައިވާ ބޭފުޅެކެވެ. 


Advertisement

ކޮމެންޓް