ދިރާގުން އިންތިޒާމްކުރާ ސީއޮކްމާގެ ބައްދަލުވުން ބަނޑޮހުގައި ފަށައިިފި

19 Mar 2019 | 23:44

ބައިނަލްެއަގްވާމީ ސަބްމެރީން ކޭބަލްތަކުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކޮންސޯޓިއަމް ކަމުގައިވާ ސައުތު އީސްޓް އޭޝިޔާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެނޭޖްމަންޓް އެގްރީމެންޓް (ސީއޮކްމާ) ގެ ބައްދަލުވުމެއް، ރާއްޖޭގައި ފަށައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދަލުވުން އޮންނާާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ސީއޮކްމާއަކީ ބޮޑެތި ދޯނިފަހަރުގެ ނަގިލީގެ ސަބަބުން އިންޓަނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޓްރެފިކަށް ބުރޫ އެރުމުން އެކަންތައް ހައްލުކުރުމަށާއި ސިންގަޕޫރު، ފިލިޕީންސް އަދި އިންޑިއާ ސަރަހައްދުގައި ހަރަކާތްތެރިވާ ބޮޑެތި ބޯޓުތަކުގެ ސަބަބުން ކޭބަލަށް ގެއްލުމެއް ލިބިއްޖެ ނަމަ ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް 24 ގަޑިއިރު ސްޓޭންޑްބައިގައި އޮންނަ ފަރާތެކެވެ.

ދިރާގަކީ ސީއޮކްމާއާ އެކު މަސައްކަތް ކުރާ ރާއްޖޭގެ ހަމައެކަނި ކުންފުންޏެވެ. ދެހާސް ހަ ވަނަ އަހަރުން ފެށިގެން ދިރާގަކީ އެ އިދާރާގެ މެންބަރެކެެވެ.

Advertisement

ކޮމެންޓް