Advertisement

އުރީދޫ އާއި އެމޭޒަން ގުޅިގެން 6 މަހުގެ ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި!

20 Mar 2019 | 12:01

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް، އަދި ޕޯސްޓްޕެއިޑް 1000 އިން މަތީގެ ޕްލޭނެއް ޚިޔާރުކުރާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް، 6 މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ ވަރަށް ޚާއްސަ އޮފަރ އެއް އުރީދޫ އިން މިއަދު ހުޅުވާލައިފިއެވެ. އުރީދޫގެ ޚިދުމަތް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އައު ކަސްޓަމަރުންނަށްވެސް ފައިދާތަކެއް އެކުލަވައިގެން ފަރުމާކޮށްފައިވާ މި އޮފަރ މެދުވެރިކޮށް، ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން، އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯ އަށް އަންލިމިޓެޑް އެކްސެސް ލިބޭނެއެވެ.

މި އޮފަރގެ ބޭނުން ހިފުމަށް،:

1. މި އޮފަރ އަށް ޝަރުތުހަމަނުވާ ކަމުގައި ވާނަމަ، ރާއްޖޭގެ %60 އަށް މިހާރު ހުޅުވާލެވިފައިވާ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ޚިޔާރުކުރެއްވޭނެ. ނުވަތަ، އަންލިމިޓެޑް ކޯލް، އަންލިމިޑެޓް އެސް-އެމް-އެސް އަދި މާކެޓުގެ އެންމެ ފުރިހަމަ ޑޭޓާ އެލަވަންސްތައް ހިމެނޭ އުރީދޫ ޕޯސްޓްޕެއިޑް 1000، 1499 ނުވަތަ 1999ގެ ޕްލޭނެއް ޚިޔާރުކުރެއްވޭނެ.

2. މައި އުރީދޫ އެޕް، އުރީދޫ ވެބްސައިޓް، ނުވަތަ ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ސައިން އަޕް ކުރެވޭނެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ޚިދުމަތް ޚިޔާރުކޮށްފައިވާނަމަ، ކަސްޓަމަރަށް ލިބެންވާ ހިލޭ މެމްބަރޝިޕް، އުރީދޫ އިން އެކްޓިވޭޓްކޮށްލެވޭނެ.

3. ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ފިލްމް، ޓީވީޝޯ، ސްޓޭންޑް އަޕް ކޮމެޑީ، ކުޑަކުދިންގެ ޝޯތައް އަދި ބައިނަލްއަޤްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯތައް ބައްލަވާލެވޭނެ.

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، ފާއިތުވެދިޔަ ޑިސެމްބަރ މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާއި އެކު ހޯދޭ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަބެލުމުގެ ގޮތުން މުޅިންހިލޭ 7 ދުވަހު ބޭނުންކުރެއްވުމަށްފަހު ފުރަތަމަ 6 މަހަށް، މަހަކު އެންމެ 49 ރުފިޔާގެ* ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުން ކުރެއްވޭނެއެވެ. މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރަޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

Advertisement

ކޮމެންޓް