ފާގަސަން ބޭނުންކުރި ޗުވިންގަމް ކޮޅެއް 79 މިލިއަން ރުފިޔާ!

20 Mar 2019 | 18:02

އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބް ންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބޭނުންކުރި ޗުވިންގަމް ކޮޅެއް 79 މިލިއަން ރުފިޔާ (390،000 ޕައުންޑް) އަށް ވިއްކާލައިފިއެވެ.

ޔުނައިޓެޑްގެ ސަޕޯޓަރަކު ވިއްކާލި ޗްވިންގަމް ކޮޅަކީ ފާގަސަން އެންމެފަހުން ޔުނައިޓެޑަށް ކޯޗް ކޮށްދިން މެޗްގައި ބޭނުންކުރި ޗްވިންގަމް ކޮޅެއް ކަމަށް ވެއެވެ.

މމެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދީފައިވާ ފާގަސަން އަބަދުވެސް ފާހަގަކުރެވެނީ މެޗްތައް ކުރިއަށްދާ ގަޑީގައި ވަރަށް ގަދައަށް ޗްވިންގަމް ހަފާ މީހެއްގެ ގޮތުގައެެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި އޭނާގެ ޓީމަށް ޕްރެޝަރު ކުރިމަތިވާ ދަނޑިވަޅުތަކުގައި އޭނަގެ ޗުވިންގަމް ހެފުން އަވަސް ވެގެން ދެއެވެ.

ފާގަސަން އެންމެ ފަހުން ޔުނައިޓެޑަށް ކޯޗްކޮށްދިން މެޗްގައި ބޭނުންކުރި ޗްވިންގަމް ކޮޅު ހޯދުމަށް ސަޕޯޓަރަކު އެދުމުން ފާގަސަން ހަފަމުން ގެންދިޔަ ޗްވިންގަމް ދިނީއެެވެ.

އޭގެ ފަހުން ސަޕޯޓަރު ވަނީ އެ ޗްވިންގަމްކޮޅު ވިއްކުމަށް އިންޓަނެޓް މެދުވެރިކޮށް ނީލަމެއް ފެށީއެވެ.

ފާގަސަން ބޭނުންކުރި ޗްވިންގަމްކޮޅު ވިއްކާލައި ލިބުނު 390،000 ޕައުންޑް ހަދިޔާކުރާނީ އެހީއަށް ބޭނުން ޖެހިފައިވާ މީހުނަށް ހަރަދު ކުރުމަށް ކަމަށް އެ ވިއްކާލި ސަޕޯޓަރު ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް