ބުރިޖްގައި ދަތުރު ކުރުމަށް ޑަބަލް ޑެކާ ބަސް

09 Oct 2018 | 13:52

ސަނިމާލެ ބުރިޖް ގައި ދަތުރު ކުރުމަށް ޑަބަލް ޑެކާ ބަސް ބޭނުން ކުރުމަށް އެމްޕީއެލްއިން ތައްޔާރުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވެފައިވަނީ ޑަބަލް ޑެކާގެ ޖުމްލަ 8 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ގެނެވިފަ އޮތް ޑަބަލް ޑެކާ ބަސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމުގައެވެ. އަދި ރަޖިސްޓަރީގެ ކަންތައްތައް ނިމުނުހާ އަވަހަކަށް ހިދުމަތް ދެވެން ފަށޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ހުރިހާ ގަޑިތަކެއްގައި ވެސް ބަހުގެ ބޭނުން އާންމުން ހިފައެވެ. އަދި އެންމެ ޕީކް ގަޑިތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުކުރުމަށް ބަހުގެ ބޭނުން ކުރަމުންދާ ކަމުގައެވެ. އެހެންކަމުން ޑަބަލް ޑެކާ ބަސްތަކުގެ ބޭނުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ހިފާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުޅުލެއަށާއި ހުޅުމާލެއަށް ބުރިޖް ހުރަސްކޮށް ދިއުމުގައި ކަނޑައަޅާނެ ފީ އެއް ހަމަޖެއްސުމަށްޓަކައި ރައީސް އޮފީހުގެ ބުރިޖް ކޮމިޓީ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް ހުށަހަޅާފަ ވާނެކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.  

Advertisement

ކޮމެންޓް

Advertisement