ހިސާން ފަރާތުން އަނިޔާލިބިފައިވާ އިތުރު ކުއްޖެއް އަނެއްކާވެސް އަޑު އުފުލައިފި

24 Mar 2019 | 00:28

 ހިސާންއާއި ދެކޮޅަށް އަނެއްކާވެސް މީހަކު ސޯޝަލް މީޑިއާގައި އަޑު އުފުލައިފިއެވެ.

އެގޮތުން މުނާހު އަހުމަދު ކިޔާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހިސާން އެމީހުންނަށް ކުރި އަނިޔާތަކުގެ ވާހަކަ މިއަދު ދެެއްކިޔަސް އެމީހުންގެ ވާހަކަތައް މިއަދު އެއްވެސް ބަޔަކު ގަބޫލު ނުކުރާނެ ކަމަށް އެނާގެ އަންހެނުން އޭނާ ކައިރީ ބުނެފައިވާކަމަށެވެ.

މުނާހު ބުނެފައިވަނީ އެމީހުންގެ ވާހަކަތައް މީހުން ގަބޫލުކުރާނެ ކަމަށެވެ. އަދި މިއަދު ކުރަންވީ ކަމަކީ އޭނާގެ އަންހެނުންގެ ވާހަކަތައް އެންމެނާއި ހަމަޔަށް ގެނެސްދިނުން ކަމަށްވެސް މުނާހުގެ ޓްވީޓްގައި ބުނެފައިވެއެވެ. އެގޮތުން އޭނާ ވަނީ "ހޭސްޓެގް ހިޔާ މައި ވައިފް ޓޫ" ގެ ނަމުގައި ކެމްޕެއިނެއް ފައްޓާފައެވެ.

މުނާހު ބުނެފައިވަނީ އޭނާގެ އަންހެނުންނަކީ މިއަދު އެ އަނިޔާ ތަހައްމަލް ކުރި އިތުރު ކުއްޖެއްކަމަށްވާ އަނަސްގެ ސިޓީގައި ހިމަނާފައިވާ ކުދިންގެ ތެރެއިން ކުއްޖެއް ކަމަށެވެ. އަދި އެ ސިޓީގައި ލިޔެފައިވާ ކަންތައްތަކަކީ ހިނގި ކަންތައްތައް ކަމަށް އޭނާގެ އަންހެނުން ބުނެފައިވާކަމަށްވެސް މުނާހު ބުނެފައިވެއެވެ.

އަދި އެދުވަސްވަރު އެމީހުންނަށްކުރިމަތިވި ކަންތައްތައް ތަކުގެ ސަބަބުން އޭނާގެ އަންހެނުންގެ ކޮއްކޮ ސުކޫލަށް ދާންވެސް ބޭނުން ނުވިކަމަށް އޭނާ ބުނެފައިވެއެވެ. އަދި ހިސާން އަކީ މިއަދު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުގައި ފާހަގަކޮށްލެވޭ މީހަަކަށްވާއިރު، އޭނާއަށް ވެސް އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ހިސާންގެ ވާހަކަަތައްވެސް އަޑުއަހަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ހިސާންގެ ވާހަކަތަކާއި އެކު އޭނާގެ އަންހެނުންގެ ވާހަކަތައްވެސް އަޑުއަހަންޖެހޭނެ ކަމަށް މުނާހު ބުނެފައިވެއެވެ. އަދި އޭނާގެ އަންހެނުންގެ ވާހަކަތައް އަޑުއަހަން ބޭނުން ނަމަ އެފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަދި ސޯޝަލް މީޑިއާގައި އޭނާގެ އަންހެނުންގެ ބޭބެ އަނަސްެގެ ސިޓީ ދައުރު ވުމުގެ ކުރިން އެ ސިޓީއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭކަމަށާއި، އަނަސް އެގޮތަށް އެކަން ކުރީ މުޣުނީއާއި ހިސާން އާއި ތަފާތު ނުކޮށް އެމްޑީޕީގެ ފަރާތުން އެމީހުންނަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ދޮގުހަދާ މީހުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭޮނާއާއި އޭނާގެ އަންހެނުން ބޭނުން ނުވާކަމަށް ވެސް މުނާހު ބުނެފައިވެއެވެ.

ހިސާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށްބުނެ މިއަދު އޭނާގެ ގޭގައި މީގެ އަހަރުތަކެއް ކުރިން ކިޔަވަން އުޅުނު އަނަސް ނަމަކަށް ކިޔާ މީހަކު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ސިޓީއެއް ފުނުވާފައެވެ. އެސިޓީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ހިސާންގެ ފަރާތުން ލިބުނު އަނިޔާގެ ތަފުސީލު އެސިޓީގައި ހިމެނާފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement