Advertisement

ހުޅުމާލެ އިން ގޯތި ވިއްކަން އޭސީސީން ހުއްދަ ދީފި

09 Oct 2018 | 14:59

ހުޅުމާލެ ދެވަނަ ފިޔަވަހިން އިން ގޯތި ވިއްކުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް ދީފިއެވެ.

ހުޅުމާލެއިން ގޯތި ދޫކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަނީ، 400،000 ރުފިޔާއަށެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރާ ގޮތަށެވެ. 

އޭސީސީ އިން މިކަން ހުއްޓުވުމަށް އެންގީ ހަމަ އެދުވަހުއެވެ. 

އޭސީސީގެ ރައީސް ހަސަން ލުތުފީ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެކަން ނުކުރުމަށް މީގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށާއި އެކަން ހުއްޓުވަން ނިންމާފައިވަނީ ސަރުކާރު ޓްރާންސިޝަން މަރުހަލާގައި އޮތުމުން ނޫން ކަމަށެވެ. 

އެކަން ހުއްޓުވަން އެކޮމިޝަނުން ނިންމާފައިވަނީ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ވިއްކުމަށް ނިންމާފައިވާތީ ކަމަށް ހަސަން ލުތުފީ ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ

Advertisement

ކޮމެންޓް